Ruh Labs

ނަން

ރުއަކީ ދައުލަތުގެ ނިޝާނުގައިވާ ގަހެވެ. ގިނަ ޤަރުނުތަކެއްވަންދެން ރަށްރަށުގައި ގެދޮރާއި ދޯނިފަހަރު ހެދީ އޭގެ ލަކުޑިއާއި ރޯނާއި ފަންގިންނެވެ.

ސްޓޫޑިއޯއަށް އެނބުރި

ރޫޙު

ރުއް ކިޔާއިރު ގިނަ ބަޔަކަށް އިވެނީ ރޫޙެވެ. ނަން ހޮވީ އެކަމަށް ނޫނެވެ. ނަމަވެސް ސްޓޫޑިއޯ އެކަމާ އުފާކުރެއެވެ.

މާވަޑި

މާވަޑިއަކީ ރުއްގަހުގެ ލަކުޑިން ގެދޮރާއި ދޯނި ބިނާކުރާ އުސްތާއެވެ. ސްޓޫޑިއޯގެ އޯޕަން ސޯސް މަސައްކަތަށް ކިޔަނީ މި ނަމެވެ. ދިވެހި ޑިވެލޮޕަރުން ބިނާކުރާނެ ބިންގާ.

އަކުރު

އިނގިރޭސި އަކުރުތައް ލިޔެފައިވަނީ Gabarito އިންނެވެ. ތާނަ ސުރުޚީތައް Noto Sans Thaana އިންނެވެ. ދިވެހި ލިޔުންތައް ލިޔެފައިވަނީ Ashrag Rasheed ތައްޔާރުކުރި ދިވެހި މުރަކައިންނެވެ. މި ހުރިހާ ފޮންޓަކީވެސް SIL Open Font License ގެ ދަށުން ހުޅުވާލެވިފައިވާ ފޮންޓެވެ. މި ސައިޓުގައި ކުކީއެއް ނުވަތަ ޓްރެކިންއެއް ނެތެވެ.ހަދާފައިވާ ގޮތް: Next.js އިން ހަދާފައިވާ ސްޓެޓިކް ޞަފްޙާތައް. ފުރަތަމަ ސްކްރީނުގެ ފަހަތުގައިވާ ރުކަކީ ވައިގައި ހެލޭ ރުކެއްގެ ކުރު ވީޑިއޯއެކެވެ. އެ ވީޑިއޯ އުފައްދާފައިވަނީ AI އިންނެވެ. ތިޔަ ޑިވައިސްގައި އޭގެ ކޮންމެ ފްރޭމެއް ސައިޓުގެ ފެހި ކުލަތަކުން އަލުން ކުރަހައެވެ. ޝެއަރ ކުރާ ފޮޓޯތަކުގެ ތާނަ ލިޔެފައިވަނީ HarfBuzz އިންނެވެ.

ލިޔުއްވާ.

hello@ruhlabs.mv

ކޮންމެ މެސެޖެއް ކިޔަނީ އެއް މީހެއް. މިއިން ކޮންމެ އެއްޗަކާ ބެހޭގޮތުން، ނުވަތަ ދެން ހައްދަންވީ އެއްޗަކާ ބެހޭގޮތުން ލިޔުއްވާ.